ބަދުރު ހަނގުރާމައިން ލިބިދޭ މުހިންމު ފިލާވަޅުތައް

ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ހިނގައިދިޔަ ބަދުރު ހަނގުރާމައިން ގިނަގުނަ ފިލާވަޅުތަކެއް ލިބޭކަން ފާހަގަކޮށް އެ ދިލާވަޅުތަކަށް މިއަދުގެ ޚުތުބާގައި އަލިއަޅުވާލައިފިއެވެ.
އެގޮތުން ޚުތުބާގައި ބުނީ، މި ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހަނގުރާމަނކަމަށެވެ. 
މާތް الله ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: "ތިޔަބައިމީހުން اللهއަށް (އެބަހީ: اللهގެ ދީނަށް) ނަޞްރުދޭ ނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރުދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކުރައްވާނެތެވެ."
Advertisement
މިއާއެކު ޚުތުބާގައި ބުނީ، ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެއް ކަމަށެވެ. އޭގެ ތެރެއިން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުޞޫލު ބޭނުންކުރުންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ކީރިތި ރަސޫލާ ޞއވ ، މި ހަނގުރާމައިގެ ކަންތައްތަކާ މެދު މުހާޖިރުންނާއި އަންޞާރުންނާ މަޝްވަރާކުރެއްވިކަމަށް ބުނެފައިވެއެވެ.
ބަދުރު ހަނގުރާމައިން ލިބުނު ދެވަނަ ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފަކަން ކަމަށާ، މުހާޖިރުންނާއި އަންޞާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަކީ މި ކަމުގެ ރިވެތި މިސާލެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ޖިހާދުކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެ ކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަން ކަމަށް ޚުތުބާގައި ބުންޏެވެ. 
ބަދުރު ހަނގުރާމައިން ލިބުނު ތިންވަނަ ފިލާވަޅަކީ އަޞްޙާބު ބޭކަލުންގެ ޤުރުބާނީކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެ ދުވަހު ބަދުރުގެ މައިދާނުގައި ކީރިތި ރަސޫލާ ޞޢވ ހުއްޓިވަޑައިގެން ހުންނެވުމަށް ޚާއްޞަ ކުރެވިފައިވާ ޢަރީޝްކޮޅުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ހުންނެވި އިރު، އެކަލޭގެފާނުގެ ހަށިފާރައަށް އަބޫބަކުރުގެފާނާއި ސަޢުދުބުން މުޢާޛުގެފާނު މަޑުކުރެއްވި ކަމަށެވެ.
”ހަނގުރާމަ ފެށި އިރުކޮޅެއްވީ ތަނާ ކީރިތި ރަސޫލާ ކިޔަވާވިދާޅުވި އާތަުގެ މާނާގައިވެއެވެ: "އެ(كافرންގެ) جماعة ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލާން ދުވާނެތެވެ." މި އާޔަތް ކިޔަވައިވިދާޅުވެ އެކަލޭގެފާނު މުސްލިމުންގެ ލަޝްކަރަށް ހިތްވަރު ދެއްވަމުން ގެންދެވިއެވެ.“
ބަދުރު ހަނގުރާމައިން ލިބުނު ހަތަރުވަނަ ފިލާވަޅަކީ މާތް اللهއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިއްމުކަން ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ކަންކަމުގައި اللهއަށް ވަކީލު ކުރުމަކީ ނަޞްރާއި ކާމިޔާބަށް ވާޞިލުކޮށްދޭ ކަމެއް ކަމަށް ބުނެފައުވެއެވެ.
”ވަކީލު ކުރުމާއި ޢަޒުމު ވަރުގަދަވުމުގެ ސަބަބުން އެ ދުވަހު މުސްލިމުންގެ ލަޝްކަރަށް ލިބުނު ކާމިޔާބާ ބެހޭ ގޮތުން މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީންކަމުގައި ވަނިކޮށް، بدر ހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ.“ ޚުތުބާގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ