ފްލެޓް ލިސްޓު އެކުލަވާލުމުގައި ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއްވެސް ފޯރުވާފައި ނޯންނާނެ- ރައީސް ރޯދަމަހަކީ ޢާއިލާތަކާއި ގާތް ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށް އޮތް ރަނުގެ ފުރުޞަތެއް- ރައީސް ފާލަން ރަމްޒުކޮށްދެނީ، ދިވެހިވަންތަކަމ

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އެގޮތުން މާޗް 28 ވަނަ ދުވަހު ރޭގަނޑު 21:30- 23:30 އަށް މަސްދަޅު ބެހުމަށް ހަމަޖެހިފައިވާއިރު ރޯދަމަހުވެސް ހަމަ މި ގަޑިތަކުގައި މަސްދަޅު ބަހާނެއެވެ. އެހެން ނަމަވެސް މާޗު މަހުގެ އެއްވަނަ ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވުމާއެކު އެ ދުވަހު މަސްދަޅު ކޭސް ނުބަހާގޮތަށް ވަނީ ނިންމައިފައެވެ.
މަސްދަޅު ބެހުން ރޭގަނޑަށް ބަދަލުކޮށްފައިވަނީ ދުވާލު ހޫނުގަދަ ކަމަށް ފެންނާތީ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މަސްދަޅު ކޭސް ބަހަން ފެށުމާއެކު ގިނަ އިރުވަންދެން ސަފުގައި ތިބެން ޖެހުމުން، މަސްދަޅު ކޭސް ބެހުމުގެ ކަންކަން ދޯދިޔާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން، އޮންލައިންކޮށް ޓޯކަން ނަގައިގެން މަސްދަޅު ކޭސް ބަލައި އަންނަންޖެހޭ ގޮތަށްވެސް ސަރުކާރުންވަނީ ހަމަޖައްސައިފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. ފުރަތަމަ ރޭ އެކަނިވެސް މާލެ ސަރަހައްދުގައި 9،394 ކޭސް މަސްދަޅު ބަހާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ