ފަރެސްމާތޮޑާ ދާއިރާގެ ބައި–އިލެކްޝަން މިއަހަރު ނުބާއްވާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލްމަހު ބާއްވަން މަސައްކަތްކުރަމުންދާ ކަމަށާއި، އެ ތާރީޚަށް ބާއްވާނަމަ ފަރެސްމާތޮޑާ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނުޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މަޖިލިސް އިންތިޚާބަށް ގާތްގަޑަކަށް ދެން އޮތީ ހަ މަސް ދުވަސް ކަމަށެވެ. އަދި އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވާއިރު، މިއަހަރު ދެން އެއްވެސް ދާއިރާއެއްގެ ބައި–އިލެކްޝަންސް ކޮމިޝަނުން ނުބާއްވާނެ ކަމަށެވެ.
ހަބީބު މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.
ފަރެސް ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުސްވާނީ، އެދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ މެންބަރު އަދި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް، ނޮވެމްބަރު 17ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ ހުވާ ކުރެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ