ކުކުޅު ފިހާރަ: ކުކުޅުގެ އަގު ހެޔޮކޮށް އިޔާ އެންޑް ސޭލް ފަށައިފި

އަހަރުގެ ފަހުކޮޅާ ދިމާކޮށް ގިނަ ފިހާރަތަކުން ކުރިއަށް ގެންދާ "އިޔާ އެންޑް ސޭލް" ކުކުޅު ފިހާރައިން ފަށައިފި އެވެ.ގިނަބައެއްގެ މެދުގައި މަގުބޫލު ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، މިހާރު ކުރިއަށްގެންދާ "އިޔާ އެންޑް ސޭލް"ގައި ކުކުޅުގެ އަގު ވަރަށް ބޮޑަަށް ހެޔޮ ވާނެ ކަމަށެވެ.ކުކުޅުގެ އަގުތައް:އެ ފިހާރައިން 800 ގްރާމް ކުކުޅު ކޭހެއް 325ރ. އަށް ލިބޭ އިރު 900 ގްރާމްގެ ކުކުޅު ކޭހެއް ލިބެނީ 409ރ. އަށެވެ. އަދި 1،000 ގްރާމް ކުކުޅު ކޭހެއް 454ރ. 1،100 ގްރާމު ކުކުޅު ކޭހެއް 499ރ.، ލިބެ އެވެ. މީގެ އިތުރުން 1،200 ގްރާމް ކުކުޅު ކޭހެއް 545ރ.، 1،400 ގްރާމް ކުކުޅު ކޭހެއް 635ރ. އަށް ލިބެ އެވެ.ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ