ހޯރަފުށީގެ ތަރައްގީއަށް ކޮށްދެއްވި ކަންތައްތަކުގެ އަގުވަޒަންކޮށް ސޯލިހުއަށް އެވޯޑެއް އަރުވައިފި

ހއ. ހޯރަފުށީގެ ތަރައްގީގެ އެންމެ ޝަރަފުވެރި އައްޑަނަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރޭ އަރުވައިފި އެވެ.ހޯރަފުށި ދުވަސް ފާހަގަކުރަން ރޭ އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ސޯލިހުއަށް އެރުވީ ސިރީ ނަވަރަންނަ އައްޑަނަ އެވޯޑެވެ. އެއީ ހޯރަފުށީގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑު ސޯލިހުއަށް އެރުވީ ހޯރަފުށި ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދު އެވެ.ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ސޯލިހުއަކީ ހޯރަފުށީގެ ބާނީ އަދި އެ ރަށު ތަރައްގީގެ ހަގީގީ "ކިންގު" ކަމަށެވެ. އެ ވެރިކަމުގައި އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތައް ފެށި ހޯރަފުށި ބަދަލުވެގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ."މަނިކުފާނުގެ ވެރިކަމުގައި މި ރަށް ދިޔައީ ތިޔާގިވެ ކުރިއަރައިގެން، ވަޒީފާގެ ދޮރުކޮޅުތައް އިންތިހާއަށް ހުޅުވިގެން، ތަރައްގީ އާއި ތަމައްދުންގައި މި ރަށް ދިޔައީ ރޯޝަންވެ އުޖާލާވެގެން، އާދެ! ލޮބުވެތި ރައީސް، ހޯރަފުށީގެ މުސްތަގުބަލަށްޓަކައި މަނިކުފާނު ގެނެސްދެއްވި ބިޔަ މަޝްރޫއުތަކުގެ ހަގީގީ ތަރައްގީގެ އަގުވަޒަން ކުރާނެ ގޮތެއް ނެތް،" ވަހީދު ވިދާޅުވި އެވެ.'ހޯރަފުށި ދުވަސް' ފާހަގަކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދެއްވި އެވޯޑަށް ޝުކުރު އަދާކުރައްވަމުން ސޯލިހު ވިދާޅުވީ، އެމަނިކުފާނު 2018ގައި ވެރިކަމާ ހަވާލުވިއިރު އޮތީ މާލެ ވަށާ އެނބުރޭ އިގްތިސޯދެއް ކަމަށާއި، ނަތީޖާއަކަށްވީ ރަށްރަށުން މީހުން މާލެ އައިސް މާލެ ތޮއްޖެހިގެން ދިއުން ކަމަށެވެ. ޞާލިޙް ވިދާޅުވީ މާލޭގައި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވޭނީ ރަށްރަށުން ހިދުމަތްތައް ލިބޭގޮތް ހަދައިގެން ކަމަށެވެ.މަޝްރޫއުތައް ހިންގޭނީ ރޭވުންތެރިކަމާއެކީ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން މަޝްރޫއުތައް ހިންގީ ފައިސާ ހޯދައި ކުރެހުންތައް ކުރެހުމަށް ފަހު ކަމަށް ވިދާޅުވެ، ހޯރަފުށީގެ މަގުތަކުގެ ފުރަތަމަ ފިޔަވަހި ނިމުނީވެސް އެހެންވެ ކަމަށް، ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ