ބީއެމްއެލްގެ އެހީގައި ބޭއްވި ގައުމީ ޓެނިސް މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް 2025 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ނުވަ ދުވަހަށް ކުރިއަށްދިޔަ މި މުބާރާތުގައި 9 ކެޓަގަރީއަކުން 138 ކުޅުންތެރިން ބައިވެރިވި އެވެ.
ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ބީއެމްއެލް އިން 2019 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަނާ އެކު ވަނީ އެއްބަސްވެފަ އެވެ.
މި މިބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަވަނަ ހާސިލްކުރި ކުޅުންތެރިންނަށް މިދިޔަ އާދީއްތަ ދުވަހު ވަނީ މެޑަލް ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ