ނީލަމް ދަތުރުކުރި އެއާލައިނުން މެޑިކަލް އިމަޖެންސީގައި އެހީނުވުމުން ފާޑުކިޔައިފި
އިންޑިއާގެ ކުރީގެ ބަތަލާ ނީލަމް ކޮތާރީ ދަތުރުކުރި މަތިންދާބޯޓުގެ މުވައްޒަފުންގެ ފަރާތުން މެޑިކަލް އިމަޖެންސީގައި ލިބެންޖެހޭ އަވަސް ފަރުވާ ނުލިބުމުން ދަތުރުކުރި އެއާލައިންއަށް ބަތަލާ ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ދާދިފަހުން ނީލަމް ކެނެޑާގެ ޓޮރޮންޓޯއިން މުމްބާއީއަށް ދަތުރުކުރީ އިއްތިހާދު އެއާލައިންގެ މަތިންދާބޯޓެއްގައެވެ. ސޯޝަލް މީޑިއާގައި ނީލަމްކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދަތުރު ނުވަ ގަޑިއިރަށް ލަސްވި ކަމަށާއި އޭގެ ސަބަބުން ހުރިހާ ފަސިންޖަރުން ވެސް ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ. ނީލަމް ބޮލަށް އެނބުރުން އަރައި ވެއްޓޭހެން ހީވުމުން އަމިއްލަ ގޮނޑިއާ ހަމައަށްވެސް ދިޔައީ އެ ބޯޓުގައި ދަތުރުކުރި އެހެން ފަސިންޖަރެއްގެ އެހީގައި ކަމަށާއި އެ ހާލަތުގައި އެއްވެސް ކެބިން ކްރޫއެއްގެ އެހީތެރިކަން ނުލިބުނު ކަމަށް ނީލަމް ވަނީ ބުނެފައެވެ. ނީލަމް ބޮލަށް އެނބުރުން އެރީ މަތިންދާބޯޓަށް އެރުމުގެ ކުރިން ކެވުނު އެއްޗެއްގެ ސަބަބުން ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ. އެއީ އެއްވެސް އެއާލައިންއަކުން ފަސިންޖަރުންނާ މެދު އަމަލުކުރުން ރަނގަޅުގޮތެއް ނޫންކަމަށާއި އެފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމަށް ނީލަމް ވަނީ ބުނެފައެވެ. ހަމައެއާއެކު ނީލަމް ދަތުރުކުރި ފްލައިޓުގެ ކެބިން ކްރޫއިންގެ އިހުމާލުން ކަމެއް ގޯސްވިނަމަ އޭގެ ޒިންމާ ނަގާނީ ކޮންބައެއްތޯ ވެސް ބަތަލާ ވަނީ އަހާފައެވެ. އެހެންވެ އެ މައްސަލަ ބަލައިދިނުމަށް ބަތަލާ ވަނީ އިއްތިހާދު އެއާލައިންގައި އެދިފައެވެ. ނީލަމް މުހިއްމު ރޯލް ކުޅޭ ނެޓްފްލިކްސްގެ ޝޯ "ފެބިއުލަސް ލައިވްސް ވާސަސް ބޮލީވުޑް ވައިވްސްގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ ފިލްމު "ޖަވާނީ"އިން ސިނަމާގެ ދަތުރުފެށި ބަތަލާ ވަނީ 2000ގެ ކުރީ އަހަރުތަކުގައި ފިލްމު އިންޑަސްޓްރީއާ ދުރުވެ, އަމިއްލަ ގަހަނާ ޑިޒައިންކޮށް ވިއްކާ ވިޔަފާރިއެއް ހިންގަން ފަށާފައެވެ. އޭގެ އެތައް އަހަރެއްފަހުން ނީލަމް ވަނީ ދާދިފަހުން އަލުން އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަން ޝައުގުވެރިވާ ކަމަށް ބުނެފައެވެ. އެގޮތުން ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"އަކީ ބަތަލާ އެނބުރި އެކްޓިންގްއާ ގުޅުނު ފުރަތަމަ ޕްރޮޖެކްޓެވެ. އޭގެފަހުން "މޭޑް އިން ހެވަން 2" ކިޔާ ސީރީސްއަކުން ވެސް ނީމަލް ވަނީ ފެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ