އޫރިދޫ މޯލްޑިވްސްގެ އާ އަދި އުފެއްދުންތެރި އޫރިދޫ ކަލަންޑަރު 2025ގެ ބައެއްގެ ގޮތުން، މި މަހު ފީޗާކޮށްފައިވަނީ ރަންނަމާރި އެވެ. ރަންނަމާރިއަކީ ދިވެހި ތާރީހުގައި އެންމެ މަޝްހޫރު އަދި ބިރުވެރި ވާހަކަތަކުގެ ތެރެއިން އެއް ވާހަކަ އެވެ.
އެތައް ޖީލުތަކެއް ވަންދެން ދިވެހިން ގަބޫލުކުރި ގޮތުގައި ކޮންމެ މަހަކު އެއް ފަހަރު ރަންނަމާރި ކިޔާ ނުބައި ކަނޑުގެ ޖިންނިއެއް ކަނޑުން އަރަ އެވެ. އެ ޖިންނި ފެންނަނީ އަލިކަންދޭ ބައްތިތަކުން ފުރިފައިވާ އުޅަނދެއްގެ ސިފައިގަ އެވެ. އޭނާ މަޑުކުރުވުމަށްޓަކައި ރަށުގެ މީހުން ޒުވާން އަންހެން ކުއްޖަކު ގުރުބާންކުރެ އެވެ.
އެކަން ހުއްޓުނީ އަބުލް ބަރަކާތުލް ބަރްބަރީ ކިޔާ މަގްރިބުން އައި އިލްމުވެރިއެއް އައުމުންނެވެ. އޭނާއަކީ ގުރުއާން ހިތުދަސްކޮށްފައިވާ މީހެކެވެ. އަންހެން ކުއްޖަކު ގުރުބާންކުރަން އޮތް ރޭ، އޭނާ އެ ކުއްޖާގެ ބަދަލުގައި އަމިއްލައަށް ހުށަހެޅި އެވެ. އަދި މުޅި ރޭ ބުދުކޯލުގައި ހޭދަކުރީ ގުރުއާން ކިޔަވަމުންނެވެ. ރަންނަމާރި ކައިރިވެ، ގުރުއާނުގެ އާޔަތްތައް އިވުމުން، އެ ޖިންނި ކަނޑަށް ފީނައިގެން ދިޔަ އެވެ. އެއަށް ފަހު ދުވަހަކު ވެސް ނާދެ އެވެ.
މި އަހަރު ފެށުނުއިރު ތައާރަފުކުރި އުރީދޫ ކަލަންޑަރު 2025 އިން، ދިވެހި އާދަކާދައިގެ 12 މަޝްހޫރު ކެރެކްޓަރެއް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އަލުން ސިފަކުރެ އެވެ. ކޮންމެ މަހަކު އާ ކެރެކްޓަރެއް ހާމަކުރެ އެވެ.
ކަސްޓަމަރުންނަށް ކެރެކްޓަރުންނާ ވާހަކަ ހިއްސާކޮށް، ސުވާލުކޮށް، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީ ވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. މި ވާހަކަތަކަށް އާ ދިރުމެއް ލިބި، މީހުންގެ ޝައުގުވެރިކަން އިތުރުވެ އެވެ.
އުރީދޫގެ އޭއައި ޗެޓްބޮޓް މެދުވެރިކޮށް ރަންނަމާރިއާ ވާހަކަ ދައްކާލުމަށް
އުރީދޫ ކަލަންޑަރު: މި މަހު އޭއައިން ރަންނަމާރިއާ ވާހަކަދައްކާލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ