ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މިއަދު ފޭރިގަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިސާ ބްރިފްކޭހުގައި 100،000 ޑޮލަރަށް ވުރެ ގިނައިން ފައިސާ ހުރިކަން ކަށަވަރުވެއްޖެ އެވެ.
އެނގުން މުހިންމު - މިހާރު ބާޒާރުގައި ޑޮލަރު ރޭޓް ހުރި ވަރަށް ބަލާއިރު އެއީ، ރުފިޔާއިން ނަމަ، 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
ފޭރުމުގެ ހުލާސާ - މިއަދު ފަތިހު 4:45 އެހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި:
އެކަން ކުރީ މޫނު ނިވާކޮށްގެން ތިބި ބަޔަކު
ފައިސާ ގެންދާތީ ރިޒާވް ފުލުހުންގެ ސެކިއުރިޓީ ވެސް އެ މީހުންނާ އެކު އޭރު ތިބި
ތަފްސީލް - އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި ފައިސާ ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ. އެގޮތުން:
ބްރިފްކޭސް ތެރޭ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރިކަން ކަށަވަރުކުރެވޭ
އެ ފޭރުން ހިންގި މީހުން ބްރިފްކޭސް ޖަހައިގަތީ ވަޅިން ބިރުދެއްކުމަށް ފަހު
އެއާޕޯޓުން ފޭރިގަތީ ބީއެމްއެލްގެ 100،000 އަށް ވުރެ ގިނަ ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ