ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ހިމެނޭހެން ފުލުހުންގެ ސީނިއާ އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގެ ތެރޭގައެވެ. މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރިޔާތުގައެވެ. އެހެންކަމުން މި ކޮމިޓީގެ އަޑުއެހުމަށް މިއަދު މީޑިއާ ވައްދާފައެއް ނުވެއެވެ.
ފުލުހުންގެ ސީނިއާ އޮފިސަރުންތަކެއް ސަސްޕެންޑްކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، ފުލުހުންގެ ފްލެޓް މައްސަލއާ ގުޅޭ ބައެއް ކަހަލަ ކަންކަން އެ ކޮމިޓީން ދަނީ ބަލަމުންނެވެ.
މިއަދު ކުރިއަށްދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން..
ޕޮލްކޯ މައްސަލާގައި ރިޕޯޓެއް ތައްޔާރުކޮށްފައިވާއިރު އޭގައި ބަޔާންކޮށްފައިވާ ކަންކަން އިސްލާހްކުރުމަށް ފިޔަވަޅު އެޅުމަށް ކޮމިޓީން ފާސްކުރިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުންގެ ފްލެޓްތައް އިމާރާތްކުރުމުގެ މަރުހަލާގައި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަމަށް ޕޮލްކޯ ފްލެޓްތަކާ ގުޅިގެން އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އެ މަޝްރޫއު ޕޮލްކޯއާ ހަވާލުކުރުމުން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށެވެ. މަޝްރޫއު އޮޑިޓްކުރި ތާރީހުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ
ސީޕީ ނަވީން ހިމެނޭހެން ފުލުހުންގެ ސީނިއާ އޮފިސަރުންތަކެއް ސަސްޕެންޑްކުރަން މަޖިލީޙުން އެދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ