އަބްދުﷲ ގާޒީ ގެ ސުލޫކީ މައްސަލައެއް ބަލަނީ

ފެމަލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވީ، އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.
އެ ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އަބްދުﷲ ގާޒީއަކީ ކުރިން ކްރިމިނަލް ކޯޓުގެ އިސްގާޒީއެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ފެމެލީ ކޯޓަށް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ