ކޮވިޑް19: މާލެއިން ނުވަތަ ރިސޯޓަކުން ފޮނަދޫއަށް އަންނަ މީހުން 14 ދުވަސް ވަންދެން ގޭގައި މަޑުކުރަން އަންގައިފި

މާލެއިން ނުވަތަ ރިސޯޓަކުން ވިޔަސް ލ.ފޮނަދޫއަށް އަންނަ މީހުން 14 ދުވަސް ވަންދެން ގޭގައި ތިބުމަށް ކޮވިޑް19 ފޮނަދޫ ޓާސްކް ފޯހުން އަންގައިފިއެވެ.
ކޮވިޑް19 އަށް ފައްސިވި މީހުންނާއި އެއްތާވި (ޑައިރެކްޓް ކޮންޓެކްޓް) ވި މީހުން ގަން،ފޮނަދޫ ސަރަޙައްދުގައި ތިބުމާއެކު ފޮނަދޫ ޓާސްކް ފޯހާއި އަތޮޅު ޓާސްކް ފޯހުން ވެސް މިހާރު ގެންދަނީ ގިނަ ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެގޮތުން މިރޭ ފޮނަދޫ ޓާސްކް ފޯހުން އެންގި އެންގުމެއްގައި ބުނެފައިވަނީ މާލެއާއި ރިސޯޓްތަކުން އަންނަ މީހުން 14 ދުވަސް ވަންދެން ގޭގައި ތިބުމަށާއި އެފަދައިން އަމަލު ނުކުރާ ފަރާތްތައް އުޅޭ ގޭގެތަކަކީ ވަދެ ނިކުތުން ރައްކާތެރި ގެތައް ނޫންކަމަށް އާންމުކޮށް އަންގާ އިޢުލާން ކުރާނެ ކަމަށެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ފޮނަދޫ ޓާސްކް ފޯހާއި ހިއްސާ ކުރެއްވުމަށް ވެސް އެ ޓާސްކް ފޯހުން އެދިފައިވެއެވެ. ފޮނަދޫ ޓާސްކް ފޯހުގެ ހޮޓްލައިންއަކީ 7970214 އެވެ.
ފޮނަދޫ ޓާސްކް ފޯހުން މިހާރު ވެސް ވަނީ ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ކުއްޖެއް ދިރިއުޅެމުންދާ ގެއެއް ކަރަންޓީނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ