ހުޅުމާލޭގައި ޑެލިވަރީ ހިދުމަތް ފޯރުކޮށްދޭނެ ވޮލެންޓިއަރުން ހޯދަނީ

ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ވޮލެންޓިއާ ކޮށް ކޮށްދޭނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.
އެޗްޑީސީން އެގޮތަށް އިއުލާން ކުރީ މާލޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ހުޅުމާލެ ހިމެނޭހެން ގްރޭޓާ މާލެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފިހާރަތަކުން ޑެލިވަރީ ކުރަމުންދާ އިރު، ފިހާރައިގައި ތިބޭ މަދު މީހުންނަށް ޑެލިވަރީ ކުރުމަށް ދަތިވެފައިވާތީއެވެ.
އެޗްޑީސީ އިން ކުރި އިއުލާންގައި ވަނީ އެކަށީގެންވާ ވަރަށް ޑެލިވަރީ ނުކުރެވުމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމުގެ ގޮތުން، ޑެލިވަރީތައް އިތުރު ކުރުމަށް އެހީތެރިވެދިނުމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ޒަރޫރީ މުދާ ޑެލިވަރީކޮށްދޭނެ ތާޑް ޕާޓީއެއް ހޯދުމަށް އިއުލާނުކޮށްފައިވާ އިރު އެފަދަ ފަރާތްތަކުގެ މުދާ ރައްކާތެރި ކޮށްދިނުމުގެ ކަންކަން ހުޅުމާލޭ ރަށު މާރުކޭޓުގައި ހަމަޖައްސައިދޭނެ ކަމަށް އެޗްޑީސީ އިން ވަނީ ވިދާޅުވެފައެވެ.
މި ޖާގަ ހަ މަސް ދުވަހަށް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އެއްވެސް ފީއެއް ނުނެގުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީ އިން ބުނެފައިވާ ގޮތުގައި މިމަހުގެ 21 ވަަނަ ދުވަހުގެ ނިޔަލަށް ވަނީ ޑެލިވަރީ ކުރުމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތަށް އެދި ފޯމު ހުށަހެޅުމުގެ ފުރިސަތު ހުޅުވާލައިފައެވެ.
ފުރަބަންދާ ގުޅިގެން ޑެލިވަރީ ކުރަމުން ގެންދާ މިނަވަރު މަދުވުމުގެ ސަބަބުން ގިނަ އަދަދެއްގެ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ