ހަތަރު މަހަށްފަހު ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަފައިފި

މިދިޔަ އެޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ހަތަރު މަސް ފަހުން އުވާލައިފިއެވެ.ރައީސްއަށް ލިބިފައިވާ ބާރުގެ ދަށުން އެގައުމުގައ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ މަހެއްގެ 22 ވަނަ ދުވަހު ރައީސް ސިރިސޭނާ ދިޔައީ މަހެއްގެ މުއްދަތަށް  ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަމުންނެވެ.ސްރީލަންކާގެ މީޑިއާ ތަކުގައި ބުނެފައި ވަނީ އެގައުމުގައ ދިގު ދައްމާލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހުގެ 22 ވަނަ ދުވަހަށް ހަމަވިނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ރައީސް އަންގާފައި ނުވާކަމަށެވެ.ސްރީލަންކާހެ ނުވަ ސަރަހައްދަކަށް ދިން ބޮމުގެ ހަމަލާތަކުގައި 258 މީހަކު މަރުވެފައިވާއިރ 500 އަށްވުރެގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި އެ ހަމަލާތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.އެޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސެކިއުރިޓީ ވަރުގަދަކޮށް ވިސާ އާއި ނުލާ އުޅޭ މީހުން ހައްޔަރުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ