އަންނަ އަންގާރަ ދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މިއަހަރުގެ ބައިނަލްއަޤްވާމީ ރަޙުމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުގުޅާލުމުގެ ހަރަކާތް ކުރިޔަށް ގެންދިޔުމަށްޓަކައި އަންނަ އަންގާރަ ދުވަހު (30 ޖުލައި) ގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 04:30 އިން އިރުއޮއްސި 06:00 އަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ހުއްދަ ދެވިފައި ނުވާ އުޅަދުތައް ބޮޑުތަކުރުފާނު މަގުގައި ދުއްވުން މަނާވާނެ ކަމުގައެވެ.
އަދި މި ވަގުތުގެ ތެރޭގައި ހުއްދަ ދެވިފައި ނުވާ އުޅަނދުތައް ދުއްވުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނު "5/2009" ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާ ކަމެއް ކަމަށާއި އަދި އެ ނިންމުމަށް އަމަލު ނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
ހަވީރު 04:30 އިން އިރުއޮއްސި 06:00 ބޮޑުތަކުރުފާނު މަގުގައި ދުއްވަން ހުއްދަދީފައިވާ އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލެންސް އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލުގެ އިތުރަށް ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް އަދި އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ