ރައްޔިތުންނާއި ގުޅުންހުރި ތަރައްގީއެއް ރާއްޖެއަށް ގެނެސްދިނީ ރައީސް ޔާމީން - މެޒޯ މުހައްމަދު

ރާއްޖޭގެ ރައްޔިތުންނަށާއި ދިވެހި ގައުމަށް ފުރިހަމަ ތަރައްގީއެއް ގެނެސްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ކަމަށް މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވިލިގިލި ދާއިރާއަށް ވާދަކުރެއްވި މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު މާޖިދު ބުނެފިއެވެ.ރައީސް ޔާމީން ރާއްޖެއަށް ގެނެސް ދެއްވި ތަރައްގީއަށް މެޒޯ މުހައްމަދު ތައުރީފް ކޮށްފައިވަނީ އޭނާ ކުރި ޓްވީޓެއްގައެވެ. މުހައްމަދުގެ އެ ޓްވީޓްގައި ބުނެފައި ވަނީ އޭނާ ދުށްތަނުގައި ފަސް އަހަރަކުން މި ރާއްޖެއަށް ސީދާ ރައްޔިތުންނާއި ގުޅުންހުރި އެންމެ ބޮޑު ތަރައްގީއެއް ގެނެސްފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.މުހައްމަދު ވަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއަށް ތައުރީފް ކުރުމުން ފާޑު ކިޔުން އަމާޒުވާނެކަންވެސް ފާހަގަ ކޮށްފައެވެ. އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއިދު ކުރާ މެޒޯ މުހައްމަދު ފަހަކަށް އައިސް ދަނީ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ހިނގާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުވީ ދޮގާއި މަކަރުގެ ތެރެއިން ކަމަށް ތުހުމަތު ކޮށްފައެވެ. މެޒޯ މުހައްމަދު އިޝާރާތް ކޮށްފައި ވަނީ ކުރީގެ ސަރުކާާރުން ހިންގި ކަމަށް އިދިކޮޅުން ތުހުމަތު ކުރި އެއްވެސް ކަމެއް ތަހުގީގު ނުކުރެވި ގިނަ ދުވަސްތަކެއް ވެގެން ދިއުން ކަމުގައި ވަނީ ބެލެވިފައެވެ. އެއާއެކު މިހާރުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ކުރީގެ ސަރުކާރާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތެއް ނެތް ކަމަށް ބުނެ ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ މީހުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ