ލޮޓަސް ފިހާރައިން އޭދަފުށީ ދާއިރާގެ ކޮންމެ ގެއަކަށް ބާސްމަތީ ހަނޑޫ ބަހަނީ

ފުޅާ ދާއިރާއެއްގައި
މާލޭގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން ބ. އޭދަފުށީ ދާއިރާގެ މީހުން
ދިރިއުޅޭ ތިން ރަށުގެ ކޮންމެ ގެއަކަށް، ރޯދަ ހަދިޔާގެ ގޮތުގައި ބާސްމަތީ ހަނޑޫ
ބަހަން ފަށައިފި އެވެ.
ލޮޓަސް ފިހާރައިގެ ހަދިޔާ ބެހުމުގައި އިސްކޮށް އުޅޭ މީހަކު ބުނިގޮތުގައި އޭދަފުށި، މާޅޮސް އަދި ހިތާދޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ވެސް ރޯދަ ހަދިޔާގެ ގޮތުގައި 900 ގްރާމުގެ ލޮޓަސް ސްޕަ ބާސްމަތީ ރައިސް ފަސް ޕެކެޓް ބަހަން ނިންމާފައިވާ ކަމަށެވެ. އެއީ ގާތްގަޑަކަށް 800 އެއްހާ ގެ އެވެ.
ލޮޓަސް ފިހާރައިން
އޭދަފުށީގެ ގޭގެއަށް އެ ހަދިޔާ މިއަދު އަންނަނީ ބަހަމުންނެވެ.
މިއީ ލޮޓަސް ފިހާރައިން
އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭ ފުރަތަމަ ފަހަރެވެ.
ކޮންމެ އަހަރަކުވެސް ރޯދަ
މަހާ ދިމާކޮށް ބައެއް ރަށްރަށުގެ ކައުންސިލްތަކުންނާއި ވިޔަފާރިވެރިން
ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި އެހީތައް ވެ އެވެ. އެގޮތުން، މި އަހަރު
ވެސް އެކަން އެގޮތަށް ހިނގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ