މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މެދު ރާއްޖެތެރޭގެ އަތޮޅުތަކަށާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިރޭ 9:30 އާއި މިރޭ 3:30 އާއި ދެމެދުގެ ވަގުތުތަކުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކުގައި އާންމުގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލަށް ވައި ގަދަ ވާނެ ކަމަށެވެ.
ވިލާގަނޑުގައި 45 މޭލާއި 50 މޭލަށް ވައި ގަދަވާނެކަމުގައި ބެލެވޭ ކަމުގައިވެސް މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެ އެވެ.
މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ