ޖާވިދު އާއި ސިފައިންގެ މީހާ ދޫކޮށްލަން ކޯޓުން އަމުރުކޮށްފި
ޢަބްދުﷲ ޖާވިދު | ފޮޓޯ : “ސަން” އޮންލައިންފާއިތުވި އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭދަންވަރުގެ ވަގުތެއްގައި ހ. ފުންވިލުގޭގެ ސިޑި ކައިރީގައި އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލެވިފައިވާ ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަބްދުﷲ ޖާވިދު (ޖާ) އާއި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ސިފައިންގެ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.ޖާވިދުގެ ބަންދަށް މީގެ ކުރިން ދެތިން ފަހަރެއްގެ ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައި ވާއިރު ޖާވިދާއި ސިފައިންގެ މީހާ އަޒްލިފް ދޫކޮށްލަން ކޯޓުން އަމުރުކުރީ މިއަދު ކޯޓަށް ގެންދިއުމުންނެވެ.އަފްރާޝީމް މަރުގެ ތަހްގީގު އަދިވެސް ކުރިއަށް ދާއިރު އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ އިތުރުން އަފްރާޝީމްގެ މަރާލި ވަގުތު އެގޭ ކައިރީ ފާރައަށް ހުރި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ