ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް

މިއަހަރުގެ ހުޅަނގު މޫސުން ފެށި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވެއްޖެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދުގެ މޫސުން ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓު ވެސް ނެރެފައެވެ. އެގޮތުން ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް ވައި ޖެހޭނެކަމަށް ލަފާކޮށްފައިވަނީ ވިލާގަނޑުގަ ގަޑިއަކު 45 މޭލަށެވެ. މީގެ އިތުރުން އިއްޔެވެސް މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އިރުވައި މޫސުމުގައި ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަބަދު ވެސް އިލަތިމާސްކުރެއެވެ. އަދި ދަތުރުކުރުމުގައި އެލާޓްތަކަށް ސަމާލުވުމަށް ވެސް ކެނޑިނޭޅި އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ