އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ސޮނީ ސްޕޯޓްސް އިން ސްޕޮންސާކޮށްފި

ސޮނީ ސްޕޯޓްސްއިން ބާރަ ވަނަ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ސްޕޮންސާ ކޮށްފި އެވެ.
ރައިވެރިޔާ ރެސްޓޯރެންޓްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ސްވިމިން އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުލް ސައްތާރެވެ. އަދި ސޮނީ ސްޕޯޓްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެސިސްޓަންޓް އެންޑް މާކެޓިންގް މެނޭޖަރު ޔުސްރާ އިބްރާހިމް އެވެ.
މި މުބާރާތަކީ ކޮންމެ އަހަރަކު ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ގިނަ ސްކޫލްތަކެއް ބައިވެރިވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 31 އިން 5 އޭޕްރީލް އަށެވެ.
ސޮނީ ސްޕޯޓްސް ބާރަވަނަ އިންޓަސްކޫލް ސްކޫލް ފެތުމުގެ މުބާރާތް ފެށުމަށް ކައިރިވަމުން ދާއިރު، ގިނަ ސްކޫލްތަކަކުން ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. އެގޮތުން އިސްކަންދަރު ސްކޫލާއި، އިމާދުއްދީން ސްކޫލް އަދި ބިލަބޮންގް ސްކޫލުން ވެސް ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ.
ބާރަވަނަ ސްކޫލް ފެތުމުގެ މުބާރާތް ސްޕޮންސާކުރި ސޮނީ ސްޕޯޓްސް އަކީ ކުޅިވަރުގެ ގިނަ ސާމާނުތައް ރާއްޖެ އަށް ތައާރަފްކޮށް އެކަމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ