އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން އަށް އެވޯޑެއް އަރުވައިފި

އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން އަށް އެވޯޑެއް އަރުވައިފިއެވެ.މި އެވޯޑު ރައީސް އަށް އަރުވާފައިވަނީ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގައި ބާރަ ހާސް އިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި އެވޯޑް ރައީސް ޔާމީން އަރުވާފައިވަނީ ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމަށާއި، ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދިއުމާއި ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.  ރައީސް ޔާމީން އަކީ މި އެވޯޑު ލިބިވަޑައިގެންނެވި 3 ވަނަ ބޭފުޅާއެވެ. ރައީސް ޔާމީންއަށް އެރުވި އެވޯޑު މީގެކުރިން އަރުވާފައިވަނީ ދުނިޔޭގެ ދެ ގައުމެއްގެ ރައީސުންނަށާއި އިތުރު ދެ ބޭފުޅަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ