ފުވައްމުލަކުގައި ނަރުދަމާ ގާއިމުކުރަން ހޮޅިއެއް ވަޅުލަން ކޮންނަނިކޮށް ކޭބަލެއް ބުރިވެ ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.
އެ ރަށަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފުވައްމުލަކުން ކަރަންޓް ކެނޑުނީ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްކުރާ ސްރީލަންކާގެ ސިއެރާ ކުންފުނިން ދޫނޑިގަމު އަވަށުގައި ހޮޅި ވަޅުލުމުގެ މަސައްކަތްކުރަނިކޮށް ހައިވޮލްޓޭޖް ކޭބަލްގެ ދެ ތަނަކުން ބުރިވެގެން ކަމަށެވެ. އަދި އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިންޖިނިއަރުންގެ ޓީމެއް މިހާރު ދަނީ މެދުނުކެނޑި މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ހެނދުނު ދިހައެއް ޖަހާކަންއިރު އެ މައްސަލަ ދިމާވެގެން ރަށުގެ ދެބައިކުޅައެއް ބަޔަށް ވުރެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނު ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ވަގުތީ ހައްލެއް ހޯދައިގެން ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޭބަލެއް ބުރިވެ ފުވައްމުލަކުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ