އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ޗެންޕިއަންކަން އައްޑޫ


މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ނަވާރަ އަހަރުން ދަށުގެ ފިރިހެން ޗެންޕިއަންކަން އައްޑޫ ހައި ސްކޫލް ހޯދައިފި. އިއްޔަ ޓްރެކް ސަރައްހައްދުގައި ނިމުނު މިމުބާރާތުގެ ނަވަރާ އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓްއަކަށްވެސް ހޮވިފައިވަނި އައްޑު ހައި ސްކޫލްގެ ހުސެއިން ވިފާ. މިބައިން ދެވަނަ ހޯދާފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް. ހަތަރު އުމުރުފުރާއަކަށް ބާހާލެވިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ އެެންމެ މޮޅު އެތްލީޓްއަކަށް ހޮވިފައިވަނީ ސ.އަތޮޅު ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ހަސަން ދީދީ. މިބައިން އެންމެ މޮޅު ސްކޫލްއަކަށް ހޮވިފައިވަނި ޖަމާލުއްދީން ސްކޫލް އަދި ދެވަނަ ސްކޫލްއަކަށް ހޮވިފައިވަނީ ދ.އަތޮޅު މީދޫ އަތޮޅު މަދަރުސާ. ފަނަރަ އަހަރުން ދަށުގެ އަންހެންބައިން އެންމެ މޮޅު އެތްލީޓްއަކަށް ހޮވިފައިވަނީ ޖަލާލުއްދީން ނަޝާ ނިޒާރު. މިބައިން އެއްވަނަ ސްކޫލްއަކީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް، ދެވަނަ ހޯދީ ތާޖުއްދީން ސްކޫލް. މިއުމުރުފުރާގެ ފިރިހެންބައިގެ އެންމެ މޮޅު އެތްލީޓްއަކީ ޖަލާލުއްދީން ސްކޫލުގެ އަހުމަދު އަނޫފް. މިބައިގެ ޗެންޕިއަން ސްކޫލްއަކީ ހދ.އަތޮޅު ތަޢުލީމީ މަރުކަޒު އަދި ދެވަނަ ސްކޫލްއަކީ ތާޖުއްދީން ސްކޫލް. ތޭރަ އަހަރުން ދަށުގެ ފިރިހެންބައިގެ އެންމެ މޮޅު އެތްލީޓްއަކަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލްގެ މުހައްމަދު ނާއިލްއާ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހައްވާ ރިފްނާ. މިބައިގެ އެއްވަނަ ފިރިހެން ސްކޫލްއަކީ އިސްކަންދަރު ސްކޫލް އަދި އަންހެން އެއްވަނަ ސްކޫލަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒު. އެގާރަ އަހަރުން ދަށުގެ ފިރިހެން އަދި ނުވަ އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަން ސްލޫލްއަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒު. އެގާރަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ސްކޫލްއަކަށް ހޮވިފައިވަނީ  ތާޖުއްދީން ސްކޫލް. މިފަހަރުގެ މިމުބާރާތުގައި ހަ ސަތޭކައަށްވުރެއް ގިނަ އެތްލީޓުން ވާދަކޮށްފައިވޭ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ