ޕާކިސްތާނުގައި ފެނުން ކަރަންޓް އުފައްދާ ޕްލާންޓެއް ހުޅުވައިފި

ކަރަންޓް ކަނޑައިގެން ދިއުމާއި ހަކަތައިގެ މައްސަލަތައް އިތުރުވެފައިވާ ޕާކިސްތާނުގައި ފެނުން ކަރަންޓް އުފައްދާ ޕްލާންޓެއް ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ. މިޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ، ޕާކިސްތާނުގެ ހަކަތައިގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ޕާކިސްތާނަށް އިޖްތިމާޢީ އަދި އިޤްތިސާދީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އަދި އަލަށް ހުޅުވި ޕްލާންޓްތައްފަދަ އިތުރު ޕްލާންޓްތައް ބިނާކުރުމަށް ޕާކިސްތާނު ސަރުކާރުން ނިންމާފައިވާ ކަމަށާއި މިފަދަ ޕްލާންޓްތަކުގެ ސަބަބުން ޕާކިސްތާނުގެ ހަކަތައިގެ ސިނާޢަތަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ނަވާޒް ޝަރީފް ވިދާޅުވިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ މާލީ އެހީގެ ދަށުން އިމާރަތް ކުރި ކަމަށް ޕާކިސްތާނުގެ މުރާސިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ