ސިފައިންގެ ޢާއިލީ ހަވީރު ބާއްވައިފި


ސަތޭކަ ބާވީސްވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ ޢާއިލީ ހަވީރު ބާއްވައިފިއެވެ.
 
ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި އިއްޔެފެށި މި ޢާއިލީ ހަވީރުގައި ތަފާތު ގިނަ ކުޅިވަރުތަކާއި ސިފައިން ބޭނުންކުރާ ބައެއް ހަތިޔާރުގެ އިތުރުން ސިފައިން ގެންގުޅޭ ބައެއް ވެހިކަލްތައް ދައްކާލުން އޮތެވެ.
 
ދެދުވަހަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިހަވީރުގައި އަމާޒަށް ބަޑި ޖެހުމުގެ ހަރަކާތްތަކާއި އުސް އިމާރާތްތަކުން ފައިބާނެ ގޮތްތައް ދައްކާލުމާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ތަފާތު ގޭމްތަކާއި، ލަވަކިޔުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ޔުނިފޯމްގައި ފޮޓޯ ނެގުންފަދަ ހަރަކާތްތައް ކުޑަކުދިންނަށް ވަނީ ހުޅުވާލާފައެވެ.
ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ހިންގަމުން އަންނަ ޢާއިލީ ހަވީރު މިއަދުވެސް ހަވީރު 16:00 ން 18:00 އަށް ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދިއުމަށްވަނީ  ހަމަޖެހިފައެވެ.
 
 
 122 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ފޮޓޯ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ