ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން ދޫނިދޫއިން އެހެން ތަނަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފިއެވެ.
ރައީސް މައުމޫންގެ އެއް ވަކީލު މައުމޫން ހަމީދު މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ ރައީސް މައުމޫން އެހެން ތަނަކަށް ބަދަލު ކުރަން ހަމަޖެހިފައިވާކަން އެމަނިކުފާނަށް މިއަދު އަންގާފައިވާ ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫނަށް އެހެން އަންގާފައިވާތީ ކަސްޓޯޑިއަލްގައި ތިބި ފުލުހުންނާއި ސުވާލު ކުރެއްވި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ބަދަލު ކުރަނީ ކޮންތަނަކަށްކަން ހާމަ ނުކުރާ ކަމަށެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނު ބަދަލު ކުރުން މިވަގުތަށް މަޑު ޖައްސާލާފައިވާ ކަމަށް ވެސް ކަސްޓޯޑިއަލްއިން އަންގާފައިވާ ކަމަށެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭއެވެ. ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައިވާ އިރު އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ވަނީ ދޫކޮށްލާފައެވެ.
ރައީސް މައުމޫން ދޫނިދޫއިން އެހެން ތަނަކަށް ބަދަލު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ