އަމީތާބްގެ ދަތުރު ކެންސަލް ކުރީ މޫސުން ތަންނުދިނުގެ ސަބަބުން-ޑަބްލިއުއެޗްއޯ
ބޮލީޑުވުގެ ސުޕަރ ސްޓާރ އަމީތާބު ބައްޗަށް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަންކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެޗެނަލް ތާޓީންއަށް މައުލޫމާތު ދެއްވަމުން ޑަބްލިއު.އެޗް.އޯގެ ސިއެރޯގެ ކޮމިއުނޭޝަން އޮފިސަރ ޝަމީލާ ޝަރުމާ ވިދާޅުވީ އަމީތާބު ބައްޗަށް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރަންޖެހުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށެވެ. އަމިތާބުގެ ރާއްޖޭގެ ދަތުރާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންނެވެ. އެގޮތުން އަމީތާބު ރާއްޖެ ނާންނަން ނިންމީ އިދިކޮޅު ފަރާތްތަކުން އަމީތާބް ރާއްޖެއައުމާއި ދެކޮޅަށް ކުރި ކެމްޕެއިންގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހަގީގަތަކީ އަމީތާބު ރާއްޖެ ނާންނަން ނިންމީ މޫސުން ތަންނުދިނުމުގެ ސަބަބުންކަމެވެ.އިދިކޮޅު ފަރާތްތަކުން އަމީތާބުގެ ދަތުރު ކެންސަލް ކުރުމުން އުފާފާޅުކުރަމުންދާއިރު، އަމީތާބު ރާއްޖެ އަންނަން ނިންމީ ސިޔާސީ ބަޔަކާ ބައްދަލުކޮށް ސިޔާސީ އެއްވެސް ކަމެއްގައި ނޫން ކަންފާހަގަކޮށްލެވެއެވެ. އޭގެ ބަދަލުގައި އަމީތާބު ރާއްޖެ އަންނަން ހަމަޖެހިފައިއޮތީ ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބަސެޑާރގެ ހައިސިއްޔަތުން ހެޕަޓައިޓިސް އާއި ބެހޭ މައުލޫމާތު ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ