ރައީސް ޔާމީންގެ ޒައާމަތަށް 4 އަހަރު ފުރި ފަސްވަނަ އަހަރުގެ ދުވަސަތައް ގުނަމުންދާއިރު މި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަރައިން ކަރަންޓް އުފައްދާ މިންވަރު ދެގުނައަށް އިތުރު ކުރެވިފައިވާ ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނާރޖީ އޮނަރަބަލް ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ށ، އަދި ނ އަތޮޅުގައި އިރުގެ އަލިން ހަކަތަ އުފެއްދާ ނިޒާމު ހަރުކުރުމަށް ބަޔަކާ ހަވާލުކުރުމަށް އެމިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމާއި ހަވާލުވުމުގެ ކުރިން ރާއްޖޭގައި ބަހައްޓާފައިވަނީ އެންމެ ދެ މެގަވޮޓް ގެ އިޔާދަކުރަވިނި ހަކަތައިގެ ނިޒާމުތައް ކަމުގައެވެ. އަދި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަސް ތެރޭގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު 6 މެގަވޮޓަށް އިތުރު ކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ..
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށް ދާ ކަމުގައެވެ. އެގޮތުން ހއ. އަދި ހދ. ގެ ރައްރަށުގައި 4.57 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ވަނީ ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިފައި ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ވަނީ ދެގުނައަށް އިތުރުކޮށްފައި – މިނިސްޓަރ ތޯރިގް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ