ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ތުހުމަތުކޮށް ތަހުގީގަށް ހާޒިރުކުރުމަށް ހޯދަމުން ގެންދާ އަހްމަދު ސޮފްވާންގެ ގެޔަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ.
ފުލުހުން ފާސްކުރަމުން އަންނަ ގެ ހުންނަނީ ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގޭ ކުރިމަތީގަ އެވެ.
މައުމޫންގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި ސޮފްވާން ފުލުސް އޮފީހަށް ހާޒިރުވާން މީގެ ކުރިން އެކި ފަހަރުމަތިން ފުލުހުން އިއުލާނުކޮށް، އޭނާ ހޯދުމަށް އިންޓަޕޮލްގެ އެހީއަށް ވެސް ވަނީ އެދިފަ އެވެ. އަދި އޭނާ ތަހުގީގަށް ހާޒިރުވެފައި ނުވާތީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ވަނީ ފޮނުވައިފަ އެވެ. އެކަމަކު މިހާތަނަށް ވެސް ފުލުސް އޮފީހަކަށް ހާޒިރު ނުވެ އުޅެނީ ރާއްޖެއިން ބޭރުގައި ކަމަށްވެ އެވެ.
ސޮފްވާން ހޯދަން ފުލުހުން މަސައްކަތް ފެށީ މިދިޔަ އަހަރުގެ މާޗް މަހު، މަސީހު މަގާމުން ދުރުކުރުމަށް ނަގަން އުޅުނު ވޯޓަށް ފަހުގަ އެވެ. އަދި ހަމަ އެ މައްސަލާގައި ދިއްގަރު ދާއިރާގެ މެންބަރު، ރައީސް މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސަށް ވެސް ތުހުމަތުކޮށް އޭނާގެ މައްޗަށް ވެސް ވަނީ ދައުވާކުރަން ފޮނުވައިފަ އެވެ.
ރިޝްވަތު ދިނުމުގެ ތުހުމަތަށް ހޯދާ ސޮފްވާންގެ ގެ ފާސްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ