ލައިފް ސަޕޯޓުން އެޑިއުކޭޝަނަށް ސެންޓައިޒާ ހަދިޔާ ކޮށްފި

ލައިފް ސަޕޯޓް ކުންފުނީގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް 5000 ފުޅި ހޭންޑް ސެނިޓައިޒާ ހަދިޔާކޮށްފި އެވެ.
ލައިފް ސަޕޯޓުން ބުނީ އެކުންފުނީގެ ފަރާތުން ހަދިޔާކުރި ހޭންޑް ސެނިޓައިޒާ އަކީ އަންނަ އާދިއްތަ ދުވަހު ދެ ވަނަ ޓާމް ގެ ކިޔެވުން ފަށާއިރު، ސްކޫލް ތަކުގެ ސްޓާފުންނާއި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދިން އެހީއެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާ މިތަކެތި ހަވާލުކޮށްދެއްވީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިން ޑިރެކްޓަރު ޑރ. މަރިޔަމް ވަސީމާއާއި ޖެނެރަލް މެނޭޖަރު އަބްދުﷲ މައުމޫން އެވެ.
މިނިސްޓްރީގެ ފަރާތުން ހަވާލުވެ ވަޑައިގަތީ މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ