މޫސުން ގޯސްވާނެތީ ހއ. އިން ދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެެ ކަމަށް ލަފާކޮށް އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އިން ދ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް އަދި ގއ. އިން އައްޑޫއާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. ހއ. އިން ދ. އަތޮޅާ ހަމައަށް ފުރަތަމަ ޔެލޯ އެލާޓް ނެރުނީ މިއަދު މެންދުރު 2:15އިން އިރުއޮއްސި 6:15އާ ހަމައަށެވެ. އަދި އެ އެލާޓް މިރޭ 10:00އާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ. އެ ސަރަހައްދުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ގއ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު އިރުއޮއްސި 6:15އިން މިރޭ 11:00އާ ހަމައަށެވެ. އެ ސަރަހައްދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ، ކަނޑު ގަދަވެ އުދައަރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މެޓުންވަނީ ހުރިހާ ފަރާތްތަކުންވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ