ރިޔާސީ ޕްރައިމަރީގައި ވާދަކުރަން މިދަނީ ވިސްނަމުން: އިލްހާމް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެ ޕާޓީގެ ނާއިބު ރައީސް އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ނާއިބު ރައީސްކަމުގެ އިތުރުން އެފްއޭއެމްގެ ރައީސްކަމުގެ މަގާމު ވެސް ކާމިޔާބު ކުރެއްވި ގެމަނަފުށީ ދާއިރާގެ މެމްބަރު ވިދާޅުވީ އޭނާ ޕްރައިމަރީ އަށް ކުރިމަތިލައްވާ ވާހަކަ އަޑުއިވުމާ ގުޅިގެން، ރަށްރަށުގައި ތިބި ޕީޕީއެމްގެ ވަރަށް ގިނަ ސަޕޯޓަރުން ގުޅައި އެކަމަށް އެދެމުންދާ ކަމަށެވެ.
"އެކަމަކު ޕްރައިމަރީ އަށް ނުކުންނާނެތޯ ނޫންތޯއާ މެދު އަދި އަޅުގަނޑު ގޮތެއް ނުނިންމަން. އެހެން ނަމަވެސް ޕްރައިމަރީ އަށް ނުކުތުމާ މެދު އަޅުގަނޑު މިދަނީ ވަރަށް ފުންކޮށް ވިސްނަމުން،" އިލްހާމް ވިދާޅުވި އެވެ.
ޕްރައިމަރ ީއަށް ނުކުތުމާ ބެހޭ ގޮތުން އެއަށް ވުރެ އިތުރު އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން ވިސްނަވާ ކަމަށް އިލްހާމް ވިދާޅުވެފައިވާއިރު ޕްރައިމަރީއަށް ނުކުންނަވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު މުލަކު ދާއިރާގެ އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ