ރިޔާސީ ތިން ކެންޑިޑޭޓުންގެ ބައްދަލުވުން ކުރިއަށް ދަނީ

އަންނަ މަހުގެ 9 ގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން ޓްރޭޑާސް ހޮޓަލުގައި މިހާރު ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ. އެމްޑީޕީގެ މުހަންމަދު ނަޝީދާއި ޕީޕީއެމްގެ އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހީމް ބައްދަލުކުރައްވާއިރު މި ބައްދަލުވުމުގެ ބޭނުމެއް އަދި މުޅިން ސާފެއް ނޫނެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ތިންް ބޭފުޅުން ވެސް މަޝްވަރާ ކުރައްވާނީ އިންތިޚާބާ ގުޅޭ ގޮތުންނެވެ. އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޝެލް ޖޭ ސިސޮން ވަނީ ތިން ކެންޑިޑޭޓުންނާ ވަކިވަކިން މިއަދު ބައްދަލުކުރައްވާފައި ކަމަށް އެނގިފައިވެ އެވެ. އަދި ކެންޑިޑޭޓުންގެ ބައްދަލުވުން ފެށިތާ މާ ގިނައިރެއް ނުވެ، އެމެރިކާ ސަފީރު ޓްރޭޑާސް ހޮޓަލަށް ވަދެވަޑައިގަތް މަންޒަރު ނޫސްވެރިންނަށް ފެނުނެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އޭނާ ހުންނަވަނީ އެ ހޮޓަލުގަ އެވެ.ތިން ކެންޑިޑޭޓުން އެެއް ތަނަކުން މިރޭ 10:00 އިން ފެށިގެން ބައްދަލުކުރައްވަމުން ގެންދަވާއިރު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ހާއްސަކޮށް އިންތިޚާބު ލަސްވަމުންދާ ދިއުމާ ގުޅިގެން ތިން ކެންޑިޑޭޓުންގެ މެދުގައި ވެސް އަދި މުޅި ރާއްޖޭގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ