މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު
ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި
މައްސަލައިގެ ހުކުމް އިއްވުން މިއަދު 5:00 އަށް ފަސްކޮށްފި އެވެ.އެ ކޯޓުން އިއްޔެ ޝެޑިއުލްކޮށްފައި ވަނީ މި ޝަރީއަތް މިއަދު 2:30 ގައި ބޭއްވުމަށެވެ.ފަސްކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.މައްސަލައިގެ ހުކުމް މި އަންނަނީ ގާތްގަނޑަކަށް 21 ދުވަސް ފަހުންނެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީން މާލޭގައި ކޮންމެ ރެއަކުހެން
މުޒާހަރާކުރަމުން އައިސް ރެއިން ފެށިގެން ހުކުމްކުރަންދެން މެދުނުކެނޑި މުޒާހަރާކުރަމުން އެބަގެންދެ އެވެ.
ޕީޕީއެމާއި ދައުލަތް އަދި ކުރިން އެމްޑީޕީން ވެސް ތަދައްހުލްވެގެން
ކުރިއަށް ގެންދިޔަ މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި
ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު އޮތީ ހުލާސާ ބަޔާން
އިއްވުމެވެ. އާންމު ގޮތެއްގައި ހުލާސާ ބަޔާނަށް ފަހު އޮންނަނީ ހުކުމް
އިއްވުމެވެ. ނަމަވެސް އެ ދުވަހު އަޑުއެހުން ނިންމާލައްވަމުން އުއްތަމަ
ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެފައި ވަނީ އިތުރު ޝަރީއަތެއް
ބާއްވާ ނަމަ ފަހުން އެކަން އަންގަވާނެ ކަމަށެވެ. އަޑުއެހުންތައް އެއްކޮށް
ނިންމާލީކަމެއް ނުވަތަ ނޫންކަމެއް އުއްތަމަ ފަނޑިޔާރު އޭރު ވިދާޅެއް ނުވެ
އެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50
ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިފައި ނުވުމުން 21 ދުވަހުގެ ތެރޭގައި ދެ
ވަނަ ބުރެއް ބާއްވަން ގާނޫނު އަސާސީގައި ބުނެފައިވާތީ މި މަހުގެ 28 ވަނަ
ދުވަހު ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް،
އެކަން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ
އަމުރަށް ފަހު ވެސް ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދަން މަސައްކަތް
ކުރުމުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ އަމުރާ ހިލާފަށް އިންތިހާބު
ބާއްވަން އުޅޭ ނަމަ އެކަން ހުއްޓުވަން ސަލާމަތީ ބާރުތަކުގެ މައްޗަށް ވެސް
އަމުރެއް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ މައްސަލައާ ގުޅިގެން ރާއްޖޭގައި ސިޔާސީ ވަރަށް
ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފަ އެވެ. އަދި އިންތިޚާބަށް ވާނެ ގޮތް
ނޭނގޭތީ މުޅި ގައުމު ވަނީ ސުވާލެއްގެ ތެރޭގަ އެވެ.
ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައިގެ އިތުރުން ޕީޕީއެމްގެ ފަރާތުން
ވަނީ އިންތިހާބު ފަސްކުރުމަށް އެދި ސުޕްރީމް ކޯޓަށް އިތުރު އެހެން
މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ވަނީ
ތާވަލްކޮށްފަ އެވެ. ޕީޕީއެމުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ
ދެވަނަ ބުރު ބޭއްވުމަށް މަހެއްހާ ދުވަހަށް ފަސްކޮށް ދިނުމަށެވެ.
ރިޔާސީ އިންތިޚާބާ ބެހޭ ހުކުމް އިއްވުން 5:00 އަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ