ގާސިމް ބޭރަށް ގެންދިއުން ލަސްވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުން ލަސްވާތީ ޖުމްހޫރީ ޕާޓީއާއި ގާސިމްގެ އާއިލާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އައިޖީއެމްއެޗު ކައިރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ކަރެކްޝަނުން މިހާތަނަސް އައިއިރު ތަންފީޒު ކުރަމުންދަނީ ހުކުމުގެ އެއްބައި ކަމަށާއި ގާސިމަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދައިދޭން އަންގާފައިވާ އެންގުމަށް އަމަލު ނުކުރާ ކަމަށެވެ.
ސަމީރު ވިދާޅުވީ ކަރެކްޝަނާއި ހަވާލު ކުރަން ޖެހޭ ހުރިހާ ލިއުމެއް ރޭ ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އަދި ކަރެކްޝަނުގެ މެޑިކަލް ބޯޑުން ރޭ ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުމުގައި ނިންމި ގޮތެއް ވެސް އަންގާފައި ނެތް ކަމަށް ސަމީރު ވިދާޅުވިއެވެ.
ގާސިމަށް ފަރުވާދެމުންދަނީ ހިތުގެ އާލާސްކަން ފުޅަކަށްވާތީ ލަސްވަމުންދާ ނަމަ ހާލުކޮޅު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އާއިލާއިން އެދެނީ ވީހާ އަވަހަކަށް ގާސިމް ބޭރަށް ގެންދެވޭނެ ގޮތް ހަމަޖެހުން ކަމަށެވެ. މިވަގުތު ހަމަޖެހުނު ނަމަވެސް އެކަމަށް ތައްޔާރަށް ތިބި ކަމަށް ސަމީރު ވިދާޅުވިއެވެ.
ގާސިމް އައިޖީއެމްއޗުގައި އެޑްމިޓުކޮށްފައިވާ އިރު ގާސިމްގެ ހާލުކޮޅު ރަނގަޅުނުވާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ