މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނެ

މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން އާންމު ކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިން މަސައްކަތްތަކެއް ކުރުމަށްޓަކައި
މާދަމާ ހެނދުނު 6:15 ގައި މާފަންނު، ހެންވޭރު އަދި މަޗަންގޯޅިގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދު ކެނޑޭނެ ކަމަށެވެ.
މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ