ގއ. ފިޔޯރީގައި މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެ ބާވެފައި ވާތީ އާ އިންޖީނުގެ އެއް ގާއިމް ކުރުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަޅާފައިވާ އާ އިމާރާތަ ފިޔޯރީ އިންޖީނުގެ ބަދަލު ކުރުމުންދާ މަސައްކަތްތައް ނިމިފައިވާ ކަމަށް ފެނަކަ ކޯޕްރޭޝަން އިން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އިމާރާތައް ގެންނަން ޖެހޭ ހުރިހާ ބަދަލެއް ގެނެސް މިހާރު ނިމިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އާ އިމާރާތައް އިންޖީނުތައް ބަދަލު ކޮށް އަލްހާ އީދު ނިމުމަށް ފަހު ފިޔޯރީ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދޭނީ އާ އިންޖީނުގެއިން ކަމަށެވެ.
ޝަރީފް ވިދާޅުވީ ނިމިގެން ދިޔަ ރަމަޟާން މަހަށް ފަހު ވެސް އާ އިންޖީނުގެ އަށް އިންޖީނުތައް ބަދަލުކޮށް ހިދުމަތް ދިނުމަށް މަސަކަތް ކަތްކުރި ކަމަށާއި ނަމަވެސް ދިމާވި ބައެއް ކަހަލަ މައްސަލަތަކުގެ ސަބަބުން އެކަން ކުރެވޭ ގޮތް ނުވި ކަމަށެވެ. ނަމަވެސް މިހާރު އާ އިންޖީނުގޭގެ ހުރިހައި މަސައްކަތްތަކެއް ނިމިފައިވާ ކަމަށްއޭނާ ވިދާޅުވިއެވެ.
ފިޔޯރީ އިންޖީނުގެ އާ އިމާރާތައް ބަދަލު ކުރުމަށް ނިންމީ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނިގެ ހާދިސާގައި އިންޖީނުގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީއެވެ. އެ ހާދިސާގައި ޑިއުޓީގައި ހުރި ޒުވާނަކު ވަނީ މަރުވެފައެވެ. ހާދިސާގައި ނިޔާވީ އިންޖީނުގޭގެ ޑިއުޓީއަށް ހުރި އެރަށު ޗިޗަންޑާގޭ އުމުރުން 26 އަހަރުގެ ނާޒިދު އަބްދުﷲ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އީދަށް ފަހު ފިޔޯރީގައި ކަރަންޓުގެ ހިދުމަތް ދޭނީ އާ އިންޖީނުގެއިން: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ