ޖޫރިމަނާއަށްވާ ފައިސާ ދެއްކުމަށް އެއްލައިދޫ ރިސޯޓަށް ކޯޓުން އަމުރުކޮށްފި

ޗާޔާ ރީފް އެއްލައިދޫ ރިސޯޓުގެ ލީސް އެގްރިމެންޓު ކަނޑައެޅިފައިވާ ގޮތަށް ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އަށް ވާ  19،000 ޑޮލަރު ދެއްކުމަށް އަންގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.އެއްލައިދޫ ރިސޯޓުގެ ޣައިރު ހާޒިރުގައި ގާޒީ މަރިޔަމް ނިހާޔަތު ކުރައްވާފައިވާ އެ ހުކުމުގައި ބުނެފައި ވަނީ، ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި ހުރިހާ ފައިސާއެއް ވަނީ ދައްކައި ނިންމާފައި ކަމަށް ރިސޯޓުން ބުނެފައި ވިޔަސް އެއްލައިދޫގެ ބުނުން ސާބިތުކޮށްދޭނެ ފަދަ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.އެ ހުކުމުގައި ބުނެފައި ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާގައި ހޯދުމަށް އެދިފައިވާ  19،274 ޑޮލަރު ( 297،205ރ.) އަކީ އެއްލައިދޫ ރިސޯޓުން ދައްކަންޖެހޭ އެއްޗެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެ ފައިސާ އެއްލައިދޫ ރިސޯޓުން މީރާއަށް  14 ދުވަހުގެ ތެރޭގައި ދައްކައި އެއްކޮށް ހަލާސް ކުރުމަށް ވެސް އެ ހުކުމުގައި އަމުރުކޮށްފައިވެ އެވެ."ދައުވާގައި ހޯދަން އެދިފައިވާ  19،274.16 ޑޮލަރަކީ ދައުވާ ލިބޭ އެއްލައިދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި މި ފައިސާ މިއަދުން ފެށިގެން  14 ދުވަހުގެ ތެރޭހައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް އެއްކޮށް ދައްކައި ހަލާސް ކުރުމަށް އެއްލައިދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އެއްލައިދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފިން،" އެ ހުކުމުގައި ބުނެފައިވެ އެވެ.އެއްލައިދޫ މިހާރު ހިންގަނީ ޖޯންކީލްސް އިންނެވެ. މި މައްސަލަ ކުރިމަތިވި އިރު ރިސޯޓު ހިންގަމުން ދިޔައީ އެހެން ބަޔެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ