2018 ވަނަ އަހަރު ބާއްވާ އޭޝިއަން ގޭމްސް އިންޑޮނީޝީއާގައި ބޭއްވުމަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ނިންމައިފިއެވެ.
އޯސީއޭ އިން މިގޮތަށް ނިންމީ ރޭ ދެކުނު ކޮރެއާގައި ބޭއްވުނު އެ ކައުންސިލްގެ 33 ވަނަ ޖެނެރަލް އެސެމްބްލީ ގައެވެ.
އިންޑޮނީޝިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމެޓީން ބުނީ 2018 ވަނަ އަހަރު އެގައުމުގައި ބާއްވާ އޭޝިއަން ގޭމްސްގެ އިވެންޓުތައް ކުރިއަށްގެންދާނީ ވެރިރަށް ޖަކާޓާ އަދި ދެކުނު ސުމަޓްރާ އަދި ޖާވާގެ އެކި އަވަށްތަކުގައި ކަމަށެވެ. މި ގޭމްސް އިންޑޮނީޝިއާގައި ބޭއްވުމަށް އަވަށްޓެރި ގިނަ ގައުމުތަކުގެ ސަރުކާރުގެ އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް އެ ކޮމެޓީން ހާމަކުރެ އެވެ
އޭޝިއަން ގޭމްސް އިންތިޒާމް ކުރާ ފަރާތްތަކުން މި މުބާރާތް ފުރަތަމަ ބާއްވަން ނިންމީ 2019 ވަނަ އަހަރުގަ އެވެ. ނަމަވެސް 2019 ވަނަ އަހަރު އިންޑޮނީޝިއާގެ ރިޔާސީ އިންތިހާބު ވެސް އޮތުމާއެކު އެގައުމުގެ އެދުމުގެ މަތިން ވަނީ މި މުބާރާތް 2018 ވަނަ އަހަރަށް ބަދަލުކޮށްފަ އެވެ..
2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ފުރަތަމަ ބާއްވަން ނިންމީ ވިއެޓްނާމްގަ އެވެ. ނަމަވެސް މި މުބާރާތް ބޭއްވޭ ވަރަށް އެގައުމުގެ މާލީ ހާލަތު ތަން ނުދޭތީ މުބާރާތް ނުބޭއްވޭނެ ކަމަށް ވިއެޓްނާމް އިން ވަނީ އޭޝިއަން ގޭމްސް އިންތިޒާމް ކުރާ ފަރާތްތަކަށް އަންގާފަ އެވެ.
އިންޑޮނީޝިއާގަ އެންމެފަހުން އޭޝިއަން ގޭމްސް ބޭއްވީ 1962 ވަނަ އަހަރުގަ އެވެ.
2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އިންޑޮނޭޝިއާގައި ބޭއްވުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ