ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި އެދެބޭފުޅުންނާއި ދެކޮޅަށް 4 ހެއްކަކު ހުށައަޅައިފި އެވެ.
ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ހެކި ހުށަހަޅަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ހެކީން ހުށަހަޅާފައި ވަނީ އަލީ ވަހީދާއި މަހުލޫފް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އަޑުގަދަކޮށް ބެރިކޭޑްތައް ފަޅާލާފައިވާ ކަން ޝަރީއަތަށް ސާބިތުކޮށްދިނުމަށް ކަމަށެވެ.
އެ ދެބޭފުޅުންގެ މައްޗަށް ދައުލަތުންކޮށްފައިވާ ދައުވާގައި ބުނަނީ މާޗް 25، 2010 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އުޅުއްވި ގެކޮޅު، މުލީއާގޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، އެސަރަހައްދަށް އެއްވެ ކުރި މުޒާހަރާގައި މަހްލޫފާއި އަލީ ވަހީދު އިސްކޮށް ތިއްބަވައިގެން އިތުރު ބަޔަކާއި އެކު އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއް ފަރާތްކޮށްފައިވާ ކަމަށެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ހެކި ހުށަހަޅަން ދިން ފުރުސަތުގައި ދައުލަތުން 4 ފުލުހަކު ހުށައެޅުމުން ގާޒީ ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހުގެ 9:00 ގައި އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށެވެ. އަދި އެދުވަހު އޮންނާނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އަލީ ވަހީދު އާއި މަހްލޫފް އާއި ދެކޮޅަށް 4 ހެއްކެއް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ