ޣާޒާގެ %53 ރައްޔިތުން ދިރިއުޅެނީ ފަޤީރުކަމަށްވުރެވެސް ދަށް ހާލަތުގައި
ފަލަސްތީނުގެ ޣާޒާގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ ރައްޔިތުން ދިރިއުޅެނީ ފަޤީރުކަމަށްވުރެވެސް ދަށް ހާލަތުގައި ކަމަށް އެޤައުމުގެ ސެންޓްރަލް ބިއުރޯ އޮފް ސެޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.އާދީއްތަދުވަހު އެސެންޓަރުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ޣާޒާގެ ރައްޔިތުންގެ 53 އިންސައްތައަކީ ފަޤީރުކަމުގައި ދިރިއުޅެމުންދާ މީހުންނެވެ. މިއީ ހުޅަނގު އައްސޭރިއާއި އަޅާ ބަލާއިރު 4 ގުނަ އިތުރު އަދަދެކެވެ. ހުޅަނގު އައްސޭރީގައި ފަޤިރުކަމުގައި ދިރިއުޅޭ ރައްޔިތުންގެ އިންސައްތައަކީ 13.9 އެވެ.ތަފާސްހިސާބުތަކުން ދައްކާގޮތުން 2011 ވަނަ އަހަރާއި އަޅާބަލާއިރު 2017 ވަނަ އަހަރު ނިމުނު އިރު ޣާޒާގެ ރައްޔިތުންގެ ހާލަތުވަނީ ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައެވެ.ބައިނަލްއަޤްވާމީ ފަރާތްތަކުގެ މަދަދާއެކު ހައްދުފަހަނައެޅި ޔަހޫދީން ޣާޒާ ހިޞާރުކޮށްފައި އޮންނަތާ 11 އަހަރުވެފައިވާއިރު އެރަށުގައިވަނީ އިންސާނީ ބޮޑު ކާރިސާއަކާއި ކުރިމަތިވެފައެވެ. ސާފު ފެނާއި ކަރަންޓުގެ ޚިދުމަތް އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާއިރު ކާބޯތަކެއްޗާއި ރަނގަޅު ބޭސްފަރުވާއެއް ލިބޭނެ ގޮތެއްނެތި އެރަށުގި ސިއްޚީ ނިޒާމްވެސްވަނީ ފުނޑުފުނޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ