އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމަނިއަން ސްވާމީ އާއި ބައްދަލުކުރައްވައިފިއެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ސުބްރަމަނިއަންއާ މަޝްވަރާ ކުރައްވާފައެވެ. ހަމައެހެންމެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަން މަސައްކަތްކުރައްވާ ކަންތައްތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން ވެސް ރައީސް ނަޝީދު ވަނީ ސުބްރަމަނިއަންއާ ހިއްސާކުރައްވާފައެވެ.
Pleasure meeting Hon. Min @Swamy39 today. We discussed the current political situation in the Maldives, upcoming presidential elections and our concerns on how President Yameen intends to rig Sept 23rd election. pic.twitter.com/enYFZIdJ99
މި ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި އިންޑިއާގެ ރައީސްގެ ގޮނޑިއެއް ފުރުއްވަމުން އަންނަ ސުބްރަމަނިއަން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ރައީސް ޔާމީން މަސައްކަތްކުރައްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް އިންޑިއާ އިން ނުދޭނެ ކަމަށެވެ. ރައީސް ޔާމީނަކީ އިންޑިއާ ލަދުގަންނުވާލާފައިވާ ހުދުމުހުތާރު ވެރިޔެއް ކަމަށާއި ކަންކަން ކުރިޔަށް ގެންދަންޖެހޭ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ސުބްރަމަނިއަން ވަނީ ވިދާޅުވެފައެވެ.
In Colombo today I had a chance meet with Fmr Maldive President Naseed. He is apprehensive of gross rigging in their forthcoming election. India cannot allow that as a neighbour and also since current usurper President Yamin has humiliated Indians recently. We need an action plan
އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ ސުބްރަމަނިއަންއާ ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތާ ގުޅިގެން ރައީސް ނަޝީދު މަޝްވަރާ ކުރައްވާފައިވާއިރު އިންޑިއާއިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތުދީ ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށެވެ. އެހެން ނަމަވެސް އިންޑިއާ ސަރުކާރުގެ މި ގޮވާލުންތަކަށް ރާއްްޖޭގެ ސަރުކާރުން މިހާތަނަށް އިޖާބަ ދީފައެއް ނުވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ރައީސް ނަޝީދު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމަނިއަން ސްވާމީއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ