ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ބަލަނީ

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބަލަން ފަށައިފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި 18 މައްސަލައެއް ތާވަލުކޮށް، އެ ކޮމެޓީން ބަލަން ނިންމާފައިވާ ހަތަރު މައްސަލައެއްގެ ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިސްގާޒީ އަބްދުﷲ އަލީގެ މައްސަލަ ވެސް ހިމެނެ އެވެ.
ދެން މައްސަލަ ބަލަން ނިންމި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އިސް ގާޒީގެ އިތުރުން އދ. ދަނގެތި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އާމިރާއި ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މުހުސިން އަބްދުލް ހަކީމާއި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޅ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާގެ މައްސަލަ އެވެ.
ގާޒީ އަބްދްﷲ އަލީއާ ގުޅޭގޮތުން ހުށަހެޅި އެހެން މައްސަލައެއް ޖޭއެސްސީން މިިދިޔަ އަހަރުގެ ޖުލައި މަހު ވެސް ބަލަން ފެށި އެވެ. ނަމަވެސް މިފަހަރު ބަލަން ނިންމި މައްސަލައިގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ޖޭއެސްސީން މިހާރު ވެސް އަންނަނީ ގިނަ މެޖިސްޓްރޭޓުންތަކެއްގެ މައްސަލަ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ