މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓި ކުށް ގދ. ނަޑެއްލާ އަތަމާގެ އިބްރާހިމް ނާފިޒު (ޗިކާ) ގެ މައްޗަށް ސާބިތު ނުވާކަމަށް ނިންމި މައްސަލައިގެ އިސްތިއުނާފުގެ އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ފެށިއްޖެއެވެ.ޗިކާގެ މައްޗަށް އެ ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައެވެ. މި މައްސަލައިގެ އަޑު އެހުމެއް މި ބޭއްވެނީ ގިނަ އަހަރުތަކަކަށް ފަހުގައެވެ. އީއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، އަދި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުވެ. ޗިކާގެ މައްޗަށް ދައުވާ ކުރެވެނީ ވިޔަފާރި ކުރުމަށް އަތުގައި މަސްތުވާތަކެތި ބެހެއްޓި ކަމުގައި ދައުވާއެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޗިކާ ހައްޔަރު ކުރެވުނީ 2008 ވަނަ އަހަރުގެ މާޗު މަހުގައެވެ. އޭރު ފުލުހުން ވަނީ ޗިކާގެ ކޮޓަރިން މަސްތުވާތަކެތި އަޅާފައި އޮތް ސިޓީ އުރަ އަކާއި، ކަނޑިއެއް ހޯދާފައެވެ. ޗިކާ ވަނީ އެ ކަނޑި އާއި ހަވާލުވެފައެވެ. ނަމަވެސް އެ ސިޓީ އުރައަކީ އޭނާގެ އެއްޗެއް ނޫންކަމަށް ޗިކާ ވަނީ ބުނެފައެވެ. އަދި އެ ސިޓީ އުރައާއި ރ.މަޑުއްވަރީ މުޝްތަރީގޭ ހަސަން ސޮބާހު ވަނީ ހަވާލުވެފައެވެ. އެހެން ކަމުން ދަށު ކޯޓު މަރުހަލާގައި އަދި ހައިކޯޓުން ވެސް ޗިކާ ވަނީ ސަލާމަތްވެފައެވެ. އެހެންނަމަވެސް ކަނޑި ގެންގުޅުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރެވުނެވެ. އެކަމަކު ރައީސް ނަޝީދުގެ ވެރިކަމުގައި ޕެރޯލްގެ ދަށުން ޗިކާ ވަނީ ދޫކޮށްލެވިފައެވެ. ޗިކާވަނީ މިނިވަން ވުމާއި އެކު އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން 2013 ގެ ރިޔާސީ އިންތިހާބުގައިވެސް ޗިކާ ވަނީ ރައީސް ނަޝީދަށް ކެމްޕެއިންކޮށްފައެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ކެމްޕެއިން ކުރުމުގައި އޭނާގެ އަތޮޅުގައި ވަރަށް ބޮޑަށް ޗިކާ ހަރަކާތްތެރިވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލުމަށް އެމްޑީޕީ ޓިކެޓު ހޯދުމަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައިވެސް ޗިކާ ވާދަކުރިއެވެ.
މިލިޔުން ކިޔާލުމުން
56 %
އުފާވި
24 %
ދެރަވި
12 %
ރުޅިއައި
8 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޢަލީ ހަމީދު
ދަށު ކޯޓުގައި ޗިކާގެ ވަކީލަކީ ހުސްނޫ އެއް ނޫންތަ؟
REPLY
ކކކކކކކ
ތިމީހުނާއެކީ ތިބޭނީ ހުސް ތި އެއްޗިހި.
REPLY
މަސްތުވާތަކެތި ވިއްކަން އަތުގައި ބެހެއްޓި މައްސަލާގައި ޗިކާގެ ޝަރީއަތް ގިނަ ދުވަސްތަކަކަށްފަހު ސުޕްރީމް ކޯޓުގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ