އަދާލަތު ޕާޓީއަށް ހައްގު މިންވަރު މެމްބަރު ރާއީ ހާމަކުރައްވައިފި

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއަށް ސަރުކާރުން ހައްޤު މިންވަރަކީ އެންމެ ވަޒީޜެއް ކަމަށް މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.ރާއީ މިހެން ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީއަށް ސަރުކާރުން ހައްޤުވާ މިންވަރު ލިބެންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެފައިވަނިކޮށްެވެ. ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި ތައުލީމުގެ ބިލަށް ބަހުސް ކުރައްވަމުން، ރާއީ ވިދާޅުވީ އެމްޑީޕީން އަންނަނީ ހައްޤު މިންވަރު ކަށަވަރުކޮށްދެމުން ކަމަށާއި، ނަމަވެސް ބައި ހަމަނުވާ ޕާޓީއެއްގެ ވަޒީރަކު އަރާ ހައްޤު މިންވަރު ނުލިބޭ ކަމަށް ވިދާޅުވުމަކީ ޖޯކެއް ކަމަށެވެ. "ހައްގު މިންވަރަކީ އެންމެ ވަޒީރެއް. އެ ވަޒީރުކަން ހުންނާނީ ދީފައި" ރާއީ ވިދާޅުވިއެވެ.މީގެ އިތުރުން ރާއީ ވިދާޅުވީ އިމްރާންގެ ވާހަކަތަކަކީ ދެއުޅިއެއް ނުވާ ވާހަކަތަކެއް ކަމަށާއި މި ސަރުކާރު ގެނައީ އެމްޑީޕީ މެމްބަރުން ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންނަށްވެސް އަދި ހައްޤު މިންވަރު ލިބުނުކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި އެެހެންކަމުން އެހެން ޕާޓީތަކުގެ މެމްބަރުން ހައްޤު މިންވަރުގެ ވާހަކަ ނުދެއްކުން މާރަނގަޅުވާނެކަމަށް ރާއީ ވިދާޅުވިއެވެ. ސަރުކާރުގައި ވަޒީރުންގެ ގޮތުގައި މިހާރު އަދާލަތު ޕާޓީގެ މެމްބަރުންނަށް ތިއްބެވީ ހޯމް މިނިސްޓަރު އިމްރާން އާއި އިސްލާމިކް މިނިސްޓަރު ޑރ.ޒާހިރެވެ. އަދި ޗީފް އޮފް ސްޓާފްއަކަށް ހުންނަވާ އަލީ ޒާހިރަކީވެސް އަދާލަތު ޕާޓީގެ މެމްބަރެކެވެ. ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ޝިދާތާގެ އިސްތިއުފާއާ ގުޅިގެން ރައީސް ސޯލިހް އާއި ބައްދަލު ކުރެއްވި ކަމަށާއި ސަރުކާރުން އަދާލަތު ޕާޓީއަށް ހައްޤު މިންވަރު ލިބެންޖެހޭ ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވި ކަމަށް އިމްރާން ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ