ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހަށް މިއަދު ދެ ނަމެއް ހުށަހަޅުއްވައިފިއެވެ.ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ގދ. މަޑަވެލި، މޭނާ އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރުގެ ނަމާއި އައްޑޫ ސިޓީ ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛް ފާޠިމަތު ދިޔާނާ ސަޢީދުގެ ނަމެވެ.ރައީސުލްޖުމްހޫރިއްޔާ ސްޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި މިވަނީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަން މި ކުރަނީ އެކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ޢަބްދުﷲދީދީ ވަކިކުރެވުމުންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓަށް ދިޔާނާ އާއި މަހާޒްގެ ނަން ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ