އަރަބިއްޔާ އާއި މެދު ގެންގުޅޭ ސިޔާސަތުތަކާއިމެދު ސަމާލުކަމަށްގެނައުމަށް މާދަމާ ހަވީރު ބޮޑު ހިނގާލުމެއް ބާއްވަނީ

ލިޔުނީ: ހުސެއިން ހަބީބުއަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި މެދު ގެންގުޅޭ ސިޔާސަތުތަކާއިމެދު ރައްޔިތުންގެ ސަމާލުކަމަށްގެނައުމަށް މާދަމާ ހަވީރު ބޮޑު ހިނގާލުމެއް ބާއްވަން ހަމަޖެހިފައިވާކަމަށް ޢަދާލަތު ޕާޓިއިން ހާމަކުރައްވައިފިއެވެ.ޢަދާލަތު ޕާޓީއިން މިގޮތައް ހާމަކޮށްފައިވަނީ މިއަދު އެޕާޓީއިން ނެރުނު ނޫސްބަޔާނެއްގައެވެ. ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އިސްނަގައިގެން ޢަރަބިއްޔާގެ ބެލެނިވެރިންނާއި އަޚަވާތުންނާއި ގުޅިގެން ބާއްވާ މިބޮޑު އެއްވުމަކީ ޢަރަބިއްޔާގެ ބިން ޢަރަބިއްޔާ އަށް ދިނުމަށާއި، އެބިން ޤައުމީ ކަމަކަށް ބޭނުން ކުރެވޭ ނަމަ، އެއަށް ވުރެ ކުޑަ ނޫން ބިމެއް އެސްކޫލަށް ދީ، މިހާރުން މިހާރަށް މިކަން ޙައްލުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާމިކަން ރައްޔިތުންނާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބާއްވާ ބޮޑު ހިނގާލުމެއްކަމަށް ޢަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.އަލްމަދްރަސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޢަރަބި ތަޢުލީމުގެ މައި މަރުކަޒުކަމަށްވުމާއެކު، މި މުއައްސަސާ ޙިމާޔަތްކޮށް މިތަނުގެ ދަރިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށާއި  އަދި އެހެން ސްކޫލްތަކުގެ ދަރިވަރުންނަށް ލިބިފައިވާ އެންމެހާ ޙައްޤުތައް، ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވެސް ހަމަހަމަ ގޮތެއްގައި ލިބެންޖެހޭނެތީވެ އެޙައްޤުތައް ހޯދައި ދިނުމަށްވެސް ޢަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.ޢަދާލަތު ޕާޓީ ބަޔާނުގައި ޢަރަބިއްޔާ އަށް ދީފައިވާ ބިން، ވަކި ބައެއްގެ އުންމީދަކަށްޓަކައި ފްލެޓް އަޅައި، ނުވަތަ ވިޔަފާރި މަރުކަޒަކަށް އެތަން ހެދުމަށް އެބިން ނަގައި، އެދަރިވަރުންގެ ޙައްޤުތައް ނިގުޅައިގަތުމަކީ ވަރަށް ބޮޑު ޤައުމީ ޚިޔާނާތެއްކަމަށް ވިދާޅުވެފައިވެއެވެ.  މިހެންކަމުން ދިވެހި ސަރުކާރު ހަމަމަގަށް އައުމަށާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ހެޔޮ ވިސްނުމަށް ތިރިވެވަޑައިގެން، ޢަރަބިއްޔާގެ ބެލެނިވެރިންގެ އަޑު އެއްސެވުމަށް ގޮވާލާކަމަށްވެސް މިނޫސްބަޔާނުގައި ފާހނގަކުރައްވާފައެވެ.ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ބާއްވާ މިހިގާލުމުގައި ވިހާވެސްގިނަ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަތުމަށް ޢަދާލަތު ޕާޓީގެ ފަރާތުން އެދިލައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ