ސަރުކާރުން އަބަދުވެސް ދައްކަނީ ކުރެވޭނެ ކަންކަމުގެ ވާހަކަތައް ކަމަށާއި، ފައިސާ ހޯދަން ނޭނގޭ ބަޔަކަށް ވެރިކަން ނުކުރެވޭނެކަމަށް ރައީސް އަބްދުﷲ ޔަމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށާއި މާފިނޮޅުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެރަސްމީޔާތުގައި އިިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ "ފަޒާ"ގައި ގެދޮރު އަޅަން ނުވިސްނައި ހަމަބިމުގައި ތިބެ ތަރައްޤީ އާއި އެކު ރައްޔިތުން ކުރިއަށް ދާން ޖެހޭކަމަށެވެ. އަދި ތަރައްޤީ ގެނެވޭނީ ގައުމުގައި ހަމަޖެހުން އޮވެގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާ ހަމައަށް ދާއިރު، "ލައްކަ ގިނަ ވާހަކަ" މީހުން ދައްކާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވޯޓުލާން ދާއިރު ސިކުނޑި ގޭގައި ބާއްވާފައި ނުދިއުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ވިދާޅުވީ އިންތިޚާބާ ހަމައަށް ދާއިރު، ރައްޔިތުން ގެންގުޅެން ވާނީ ތަނަވަސް ސިކުނޑިއެއް ކަމަށާއި ސިކުނޑި ގޭގައި ބާއްވާފައި ވޯޓުލާން ނުދިއުމަށެވެ.
"ވޯޓާ ހަމައަށް ދާއިރު، ސިކުނޑި ތަނަވަސްކޮށް ސިކުނޑި ހުޅުވައިގެން ވަޑައިގަންނަވާ. ގޭގައި ސިކުނޑި ބާއްވާފައި ވަޑައިނުގަންނަވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވަނީ ހޯރަފުށިން ޕީޕީއެމްއަށް ލިބޭ ތާއިދަށް ޝުކުރު ދަންނަވައި އެގޮތުގައި ސާބިތުވެ ތިބުމަށްވެސް އެރަށުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ފައިސާ ހޯދަން ނޭނގޭ ބަޔަކަށް ވެރިކަން ނުކުރެވޭނެ: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ