އައްޑޫ ރައްޔިތުން: މެޑަމް ފާތުން ވަރެއް ނެތް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް، ރޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިފައެވެ. އެ ބައްދަލުވުމުގައި އައްޑޫ ރައްޔިތުން ހާލަތު ވަރަށް ގާތުން އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.އެ ބައްދަލުކުރެއްވުމުގައި ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާ ދިރިއުޅުމުގެ ހާލަތު އޮޅުން ފިލުއްވެވިއެވެ. މިބައްދަލު ވުމަށްފަހު ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ދީދީ ވިދާޅުވީ، މެޑަމް ފާތުމަތު އިބްރާހިމް އާއި ބައްދަލު ކުރެއްވުމުން އައްޑޫ ސިޓީ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށާއި އެގޮތުން އެކަމަނާ އާއި ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަނިވެސް 230 އަށް ވުރެ ގިނަ އައްޑޫ ރައްޔިތުން ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި ކަމަށެވެ.އައްޑޫ ސިޓީ ރައްޔިތުންނާއި އާއި އެކު މެޑަމް ފާތުމަތު އިބްރާޙިމް ބޭއްވީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަން ފާހަގަކޮށް މެމްބަރު ވިދާޅުވީ، އައްޑޫ ރައްޔިތުންނަށް މިކަމުން ބޮޑު ހިތްވަރެއް ލިބިގެން ދިޔަ ކަމަށެވެ. 
މެޑަމް ފާތުމަތު އިބްރާހިމް އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން
މެޑަމް ފާތުމަތު އިބްރާހިމްއާއި ބައްދަލުކުރައްވާއި އެކަމުގެ އުފަލުގައި ތިބި އައްޑޫ ސިޓީ ރައްޔިތުން ބުނި ގޮތުގައި މެޑަމް ފާތުމަތު އިބްރާހިމް އަކީ ރައްޔިތުންނަށް ހެޔޮ އެދޭ މަހާރެހެންދިއެއް ކަމަށާއި، އެކަމަނާއަކީ ދިވެހި ތާރީހުގައިވެސް ނުދެކޭ ފަދަ މަހާރެހެންދިއެއް ކަމަށެވެ.މެޑަމް ފާތުން އައްޑީ ސިޓީގެ ރައްޔިތުންނާ ބައްދަަލުކުރެއްވިއިރު، ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ މެޑަމް ފާތުން މީގެ ކުރިން ވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާއިވެސް ބައްދަލު ކުރައްވާފައެވެ.އެގޮތުން އެކި އަވަށްތަކުގެ ގޭގެއަށް އެކަމަނާ ޒިޔާރަތް ކުރައްވާފައިވޭ. އެކަމަނާ ގެންދަވަނީ އެންމެ ގާތުން މި ނަމުގައިވެސް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވާ، ރަށްރަށުގައި ދިރިއުޅޭ އެކި އުމުރުފުރާތަކުގެ ފަރާތްތަކާއި ބައްދަލުކުރައްވަމުންނެވެ.
އައްޑޫ ސިޓީ
މެޑަމް ފާތިމަތު އިބްރާހިމް
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ސައުތް އޭޝިއަން ގޭމްސްގެ ކުޅިވަރުތަކުގެ ތެރޭގައި ކުރިކެޓް ހިމަނަން ނިންމައިފި
6 މިނެޓް ކުރިން
އައްޑޫ ރައްޔިތުން: މެޑަމް ފާތުން ވަރެއް ނެތް
10 މިނެޓް ކުރިން
އަދާލާތު ޕާޓީގެ މުރައިދޫ ގޮފިން ރައީސް ޔާމީންއަށް ތާއިދު ކުރައްވަން ނިންމަވައިފި
14 ގަޑި ކުރިން
އިދިކޮޅު ފަރާތްތައް އެމްޑީޕީގެ ހަރުގެ މަތިން ބްރިޖާއި ދިމާލަށް ނުބަލާ ހުންނަން މަސައްކަތް ކުރޭ: މިނި...
14 ގަޑި ކުރިން
ރޮޒޭނާ ހިމެނޭ ގޮތަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ދެ ބިލެއް ދިރާސާކޮށް ފާސްކޮށްފި
14 ގަޑި ކުރިން
ބޮޑުތަކުރުފާނު މަގު ހެދުމަށް ބަންދު ކޮށްފައިވާ ސަރަހައްދުގައި ޕާކް ކުރުމާއި ދުއްވުން މަނާކޮށްފި
14 ގަޑި ކުރިން
އަދާލާތު ޕާޓީގެ މުރައިދޫ ގޮފިން ރައީސް ޔާމީންއަށް ތާއިދު ކުރައްވަން ނިންމަވައިފި
14 ގަޑި ކުރިން
އެމްޑީޕީގެ ޖަރީމާ: އަސާސީ ޤަވައިދުގެ ތެރެއިން ނަޝީދުގެ ބާރު ކެނޑުވުން!
20 ގަޑި ކުރިން
ރޮޒޭނާ ހިމެނޭ ގޮތަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ދެ ބިލެއް ދިރާސާކޮށް ފާސްކޮށްފި
14 ގަޑި ކުރިން
އިދިކޮޅު ފަރާތްތައް އެމްޑީޕީގެ ހަރުގެ މަތިން ބްރިޖާއި ދިމާލަށް ނުބަލާ ހުންނަން މަސައްކަތް ކުރޭ: މިނިސްޓަރ ސައީދު
14 ގަޑި ކުރިން
ރައީސް ޔާމީންއަށް ރާއްޖޭގެ ތަރައްޤީގެ ސަފްހާތައް ލިޔުއްވުމުގެ ފުރުސަތު ދޭން ޖެހޭ- ހައުސިން މިނިސްޓަރ
20 ގަޑި ކުރިން
އިންޑިޔާގައި ފަތުރުވެރިޔަކު ރޭޕް ކުރި މައްސަލައިގައި 6 މީހުން ހައްޔަރުކޮށްފި
15 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ